ސެޕްޓެމްބަރ 20, 2024 08:56

ރޯދަމަހު ކޮންމެ ގެޔަކަށް ހަނޑޫ ބަސްތާއަކާ ފުށް ބަސްތާއެއް ހިލޭ

ފާއިޒާ ޙުސައިން
ޖެނުއަރީ 13, 2024
އަންނަ އޮތް ރަމަޟާން މަހު ސަރުކާރުގެ ޚަރަދުގައި ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާ އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

މިހާރު ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެންނަނީ އިންޑިއާއިންނެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި ރައީސް ވިދާޅުވީ, ހަޑުލާއި ހަކުރާއި ފުއް ހޯދުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި ހަމައެކަނި އެ ގައުމުން ރާއްޖެ އަށް އަހަރު ދުވަހަށް ބޭނުންވާ ވަރަށްވުރެ 10 އިންސައްތަ އިތުރަށް ހަޑުލާއި ހަކުރާއި ފުށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ ހާމަކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy