ސެޕްޓެމްބަރ 20, 2024 11:36

އަމީނީމަގުގެ މަސައްކަތް ނިމި އާންމުންނަށް މަގު ވަނީ ހުޅުވާލާފައި /ފޮޓީޯ: އާރުޑީސީ

އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާ މަގު ހުޅުވާލައިފި

އައިޝަތު އިބްރާހީމް
ޖެނުއަރީ 13, 2024

އަމީނީމަގު 12 ،13 ގެ ސެގްމެންޓު އެއްކޮށް ނިންމާ އާންމުންނަށް މަގު ހުޅުވާލައިފިއެވެ.

ނުނިމި އޮތް އަމީނީމަގުގެ ސެގްމެންޓުގައި ތާރު އެޅުމުގެ މަސަައްކަތް ފަށާފައިވަނީ މީގެ އެއް މަސް ކުރިންނެވެ.

އެ މަގު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ 28 ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާލެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަމީނީ މަގު ނިންމަން ފުރަތަމަ ދީފައިވާ ތާރީހަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ނަމަވެސް އެ މަސައްކަތް ނުނިމި މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އަށް ނިންމާނެ ކަމަށް ތާރީހު ބަދަލު ކުރިއެވެ.

ނަމަވެސް އެ މަގުގެ 11 ވަނަ ސެގްމެންޓްގެ މަސައްކަތް ސެޕްޓެމްބަރު މަހު ކުރީކޮޅު ނިންމާލުމަށް ފަހު އެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ދައުރު ނިމެން ވާ އިރަށް އަމީނީ މަގުގެ މަސައްކަތް ނިންމާނެ ކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ނުނިންމުނެވެ.

ޒަމާނީ ފެންވަރަކަށް އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރީގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށް ޖުލައި 4، 2022 ގައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy