ސެޕްޓެމްބަރ 20, 2024 04:02

މޫސުން ގޯސްވެ ކަނޑު ގަދަވެގެން، މަންޓާގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ފާތިމަތު އިސްރާ
ޖެނުއަރީ 12, 2024

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން މަންޓާގެ ސީޕްލޭން އަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

"އެކްސިޑެންޓު އެމްވީ" ނަމުގައި ހިންގާ އެކްސް ޕޯސްޓަކުންވަނީ މަންޓާއެއަރގެ މި ބޯޓު ކޮންމެވެސް ރަށެއްގެ ރާޅުޖަފާށަށް އުރިފައިވާ ވީޑިއޯއެއް ޕޯސްޓު ކޮށްފައެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ މަންތާ އެއާގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެނިފައި ވެއެވެ.

އެގޮތުން ބޯޓުގެ ހަލްގެ އެންމެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، ފެންނަ ފެނުމަށް ކަނޑު ގަދަވުމުގެ ސަބަބުން ބޯޓުގެ އެއް ފިޔަގަނޑު ހަލާވެފައި ވެއެވެ. އެއީ އެ ފިޔަގަޑު ރާޅުފަށުގައި ގާތަކުގައި ޖެހުމުގެ ސަބަބުންނެވެ.

މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި އަތޮޅުތަކަށް ބޯކަށްމެ ވާރޭވެހި ގުރުމުގެ އިތުރުން ވިލާގަޑުގައި 45 މޭލަށް ވައިގަދަވެ އަދި ކަނޑުވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި މިއަދު ހެނދުނު ވަނީ ރ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.

މި އަތޮޅުތަކަށްވެސް ބޯކަށް ވާރޭވެހި ގުރުމުގެ އިތުރުން ވިލާގަޑުގައި 22 މޭލާއި 27 މޭލަށް ވައިގަދަވެ އަދި ވިލާގަޑުގައި 40 މޭލަށް ވައިގަދަވެ އަދި ކަނޑުވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy