ސެޕްޓެމްބަރ 20, 2024 03:44

ދިގުރަށު ގޮނޑުން ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 12, 2024

އދ. ދިގުރަށުގައި މި މަހުގެ ތެރޭގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ރޭގައި ވަޅުލައިފިއެވެ.

ތުއްތު ކުއްޖާގެ ހަށިގަޑު ވަޅުލާފައި މިވަނީ އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ތުއްތު ކުއްޖާ ފެނުނުތާ މަހަކަށްވުރެވެސް ގިނަ ދުވަސް ފަހުންނެވެ. އެކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ ފާއިތުވި ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.

އެއަށްފަހު ތުއްތު ކުއްޖާގެ ހަށިގަނޑު ދެ ހަފުތާ ފަހުން ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ޕޯސްޓު މޯޓަމަށް ފަހު ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައިވާއިރު، ކުއްޖާގެ ހަށިގަނޑު މިހާތަނަށްވެސް ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައެވެ.

ތުއްތު ކުއްޖާ ވަޅުލާފައި އާއިލާއާއި މަޝްވަރާ ކުރުމަށްފަހު އާއިލާގެ ހުއްދަ ލިބިގެން ކަމަށް "މިހެން" އަށް ވަނީ މައުލޫމާތު ލިބިފައެވެ. ވަޅުލާފައި ރޭ 9:00 ގައި ހުޅުމާލެ ސަހަރާގައެވެ.

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެންވަނީ ބަންދު ކޮށްފައެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސްރީ ލަންކާގެ 30 އަހަރުގެ އަންހެނެކެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށާއ،ި އެ އަންހެން މީހާ ހައްޔަރު ކޮސްފައިވަނީ ފުރަންގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަމުގައެވެ.

މިތުއްތު ކުއްޖާއަކީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ ކަޅު ކޮތަޅެއްގެ ތެރޭގައި އޮތް އިރު، ފޫޅު ވެސް ނުކަނޑައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވެފައި ވެއެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށް ކޮތަޅުތަކުން ކުނި ވަކިކުރުމަށް، ނަގަނިކޮށް ރަށުގެ ކައުންސިލުގެ އަންހެންބޭފުޅަކަށާއި އަދި ކުނި ވަކިކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށެެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy