ސެޕްޓެމްބަރ 20, 2024 03:56

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި: އެމްއެންޑީއެފް

ފާތިމަތު އިސްރާ
ޖެނުއަރީ 12, 2024

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައެވެ.

މެޓް އޮފީހުންވެސް ވަނީ ދާދިދެންމެއަކު ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި އަތޮޅުތަކަށް ބޯކަށް ވާރޭވެހި ގުރުމުގެ އިތުރުން ވިލާގަޑުގައި 45މޭލަށް ވައިގަދަވެ އަދި ކަނޑުވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި މިއަދު ހެނދުނު ވަނީ ރ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.މި އަތޮޅުތަކަށްވެސް ބޯކަށް ވާރޭވެހި ގުރުމުގެ އިތުރުން ވިލާގަޑުގައި 22 މޭލާއި 27 މޭލަށް ވައިގަދަވެ އަދި ވިލާގަޑުގައި 40 މޭލަށް ވައިގަދަވެ އަދި ކަނޑުވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy