ސެޕްޓެމްބަރ 20, 2024 03:47

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހިންގައިފި

ފާއިޒާ ޙުސައިން
ޖެނުއަރީ 12, 2024

ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނަށް އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރު ހިންގައިފިއެވެ.

ފުލުހުން ބުނީ މި ހިނގާ ޖަނަވަރީ މަހުގެ 10 އަދި 11 ވަނަ ދުވަހު ތާޖުއްދީން ސްކޫލު ހޯލުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގުތުން މައުލޫމާތުވެސް ދީފައިވާކަމަށާއި އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށްވެސްފުލުހުންބުނެފައިވެއެވެ.

ރޯޑް ޕޮލިހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 543 މީހުން ބައިވެރިވެފައިވެއެވެ.

ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ޕްރޮގްރާމުގެ ހަތަރު ބުރެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ.  މި ތަމްރީނަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy