ސެޕްޓެމްބަރ 19, 2024 23:59

ކުށުގެ ރެކޯޑެއް ނެތުމުން، ކޯޓުން އަޒޭ ދޫކޮށްލައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 11, 2024

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އަހުމަދު އަޒްމީލް (އަޒޭ) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުގެ މުއްދަތުކޮމިޓީން އޭނާ ދޫކޮށްލަން އަމުރުކޮށްފިއެވެ.

ފުލުހުން އަޒޭ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެގެ ރޭ ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

ފުލުހުން ބުނެފައިވަނީ އެ ފްލެޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި އަޒޭގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމަށެވެ.

ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރި ވަގުތު އޭނާ ހުރި ކޮޓަރީގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް ފެނިފައިވެ އެވެ. ނަމަވެސް އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތުމުން އޭނާ ދޫކޮށްލަން ނިންމީ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy