ސެޕްޓެމްބަރ 20, 2024 04:25

އާސަންދައިގެ ދަށުން މިހާރު ޑީއެންއޭ ޓެސްޓު ހެދޭނެ

އާސަންދައިގެ ދަށުން ޑީއެންއޭ ޓެސްޓު ހެދޭގޮތައް ހަމަޖައްސައިފި

އައިޝަތު އިބްރާހީމް
ޖެނުއަރީ 11, 2024

އާސަންދައިގެ ދަށުން ޑީއެންއޭ ޓެސްޓު މިހާރު ހެދޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޑީއެންއޭ ޓެސްޓް އާސަންދައިގެ ތެރެއިން ހެދޭނެ ގޮތް ހަމަޖެެއްސީ ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް ކަމަށެވެ.

"ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޑީ.އެން.އޭ ޓެސްޓް އާސަންދައިގެ ތެރެއިން މިހާރު ހަމަޖެހިގެންދާނެ."- ހެލްތު މިނިސްޓްރީ

އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތަށްވެސް ހަމަޖައްސާފައިވާއިރު، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތްވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން އާސަންދައިގެ ދަށުން، ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިދީފައެވެ.

އަދި ތެތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy