ސެޕްޓެމްބަރ 20, 2024 04:03

ރަސްމާލެ: ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު

ޗައިނާގެ އެހީގައި ރަސްމާލެ ތަރައްގީ ކުރަން 30،000 ހައުސިން ޔުނިޓު އަޅަނީ

އައިޝަތު އިބްރާހީމް
ޖެނުއަރީ 11, 2024

މި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ރަސްމާލޭގައި ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމެވެ.

އެ މަޝްރޫއަށް ޗައިނާއިން ދޭނެ އެހީތަކާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރަސްމާލެއިން 1،150 ހެކްޓަރުގެ ބިން ހިއްކަން ވަނީ ފަށާފައެވެ. އަދި ރައީސް ޑރ. މުއިއްޒު ވަނީ ރަސްމާލޭގައި ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy