ސެޕްޓެމްބަރ 20, 2024 04:15

ފޮޓޯ: ޕޮލިސް

މާލޭސިޓީގެ ގެއަކުން މަސްތުވާތަކެއްޗާއެކު ދެމަފިރިއަކު ހައްޔަރުކޮށްފި: ފުލުހުން

ފާތިމަތު އިސްރާ
ޖެނުއަރީ 11, 2024

މާލޭ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ދުއްވާ ސައިކަލު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ވަނީ ހާޒިރުކޮށްފައެވެ.

އެގޮތުން ފިރިހެންމީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާއިރު އަންހެން މީހާ ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައެވެ.

''މީނާ ހުރި ސީނުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްސަކީ މީނާގެ ފިރިމީހާގެ އެއްޗެހި ކަމަށް ސީނުގައި ބުނެފައިވޭ.'' މާލެއަށް ނިސްބަތްވާ މި އަންހެން މީހާ ބަންދުން ދޫކޮށްލަން އަމުރުކޮށް ނެރުނު އަމުރުގައި ބުނެފައިވެއެވެ.

އޭނާ ބަންދުން ދޫކޮށްލީ އިތުރު ކުށުގެ ރެކޯޑެއް ނެތުމުންނާއި އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވެދާނެފަދަ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy