އެމަނިކުފާގެ މެސެޖުގައި، ބޫޓާންގެ ބޮޑުވަޒީރުގެ އައު ޒައާމަތުގައި، ބޫޓާން ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި ފެށިގެންދާ އައު ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތްކޮށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައިވެސް މި މެސެޖުގައިވެއެވެ.

އަަދި ދިވެހިރާއްޖެއާއި ބޫޓާންއާ ދެ ޤައުމަކީ ގާތް ދެ ޤައުމު ކަމުގައި ވިދާޅުވެ، ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާ ކުރިއަށްއޮތް ދުވަސްތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.