ސެޕްޓެމްބަރ 20, 2024 03:44

ރިޔާސީ އިންތިހާބު 2023 ގެ ވޯޓު ލުމުގެ ތެރެއިން /ފޮޓޯ: އީސީ

ރިޔާސީ އިންތިހާބާ އަޅާބަލާއިރު އިތުރު 1523 މީހަކަށް މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭނެ: އީސީ

އައިޝަތު އިބްރާހީމް
ޖެނުއަރީ 10, 2024

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ އަޅާ ބަލާއިރު، މި އަހަރުގެ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އިތުރު 1523 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

މި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ޖުމުލަ އަދަދު ހާމަކުރައްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ޖުމުލަ 284،327 ފަރާތަކަށް ވޯޓު ލެވޭނެކަމަށާއި އެއީ 145162 ފިރިހެނުންނާއި 139165 އަންހެނުން ކަމަށެވެ.

ވޯޓު ލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ މިހާރު އާންމުކޮށްފައިވާއިރު، އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހު 21 ގެ ނިޔަލަށް ވަނީ ދީފައެވެ.

ޝަކުވާ ހުށަހެޅޭނީ:

  • ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް
  • ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް
  • ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy