ސެޕްޓެމްބަރ 20, 2024 03:49

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ /ފޮޓޯ: އެމެއެންޑީއެފް

މޫސުން ގޯސް- ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު!

އައިޝަތު އިބްރާހީމް
ޖެނުއަރީ 10, 2024

މޫސުން ގޯސްވެ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ނެރުނު އެލާޓުގައިވާ ގޮތުން މި ސަރަހައްދަށް ގަދަވަޔާއި ގުގުރާ ވިދުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވެއެެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަކޮށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

"ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ، ވީމާ މޫސުމަށް ސަމާލުވުން އެދެން،" މެޓް އޮޮފީހުގެ ޓުވީޓުގައި ލިޔެފައިވެއެވެ.

މޫސުން ލަފާކުރެވޭ ގޮތް ހާމަކޮށް، މެޓް އޮފީހުން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާތީ ކަމަށެވެ.

މި މަހުގެ 1 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގޭބީސީއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވުމާއި ގުޅިގެން މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައާއެކު ސިފައިން ވަނީ ދުރާލާ ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy