ސެޕްޓެމްބަރ 20, 2024 04:01

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިން 125މިލިއަން ރުފިޔާ ދައްކައިފި: ވަޒީރު ރާފިއު

ފާތިމަތު އިސްރާ
ޖެނުއަރީ 10, 2024

މިދިޔަ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ހަވާލްކޮށްފައިވާ ފަރާތްތަކަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 125 މިލިއަން ރުފިޔާ ދެއްކިފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވަމުންނެވެ.

މިދިޔަ ސަރުކާރުން ފަށާފައިވާ 232 މަޝްރޫއުގެ ތެރެއިން ފައިސާގެ މައްސަލަތަކުގެ ސަބަބުން ގިނަ ޕްރޮޖެކްްޓްތަކެއް ހުއްޓިފައިވާ ކަން ފާހަގަަކުރައްވައި ވަޒީރު ރާފިއު ވިދާޅުވީ, އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާކަމަށްވާ 160 މިލިއަން ރުފިޔާ ހުރި ކަމަށެވެ. އަދި އޭގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކާ 64 ޕްރޮޖެކްޓެއް ފެށިފައިވާ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ހަމަޖެއްސީ މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި، ސަޕްލިމެންޓަރީ ބަޖެޓުންކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy