ސެޕްޓެމްބަރ 20, 2024 03:51

ގިނަ ދާއިރާތަކުގައި ގުޅުން ބަދަހިކުރުމަށް، 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ފާއިޒާ ޙުސައިން
ޖެނުއަރީ 10, 2024

ރައީސް މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި، ގިނަ ދާއިރާތަކާއި ގުޅުންހުރި 20 އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، އެއްބަސްވުމުގެ ދާއިރާތަކާއި ގުޅުންހުރި ވަޒީރުންނެވެ. ޗައިނާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނެވެ. އަދި މި ސްމިއްޔާތުގައި ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ޑރ.މުޢިއްޒުގެ ދެނކަބަލުން، ޗައިނާއަށް ކުރަށްވާ މި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން މިއަދު ވަނީ ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ. އެގޮތުން  އަދި ރައީސް ޑރ.މުޢިއްޒުގެ ދެނކަބަލުން ބައްދަލުވުކުރުމަށް ވަޑައިގެންނެވުމުން 21 ބަޑީގެ ސަލާމާއި ޗައިނާގެ އަސްކަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމުވެސް ވަނީ ކުޅެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ރައީޝް ޝީ ޖިންޕިން/ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒުގެ އަރިހުގައި ރައީސް ޝީ ޖިންޕިންގ ވަނީ ގާޑް އޮފް އޮނަރ ބައްލަވާލައްވާފައެވެ.މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ޗައިނާގެ ޢިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ، ތަޢާރަފްކުރެއްވުމަށްފަހު، ރާއްޖޭގެ ޢިއްޒަތްތެރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޢާރަފްކޮށްދެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާސަރުކާރާއި ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy