ސެޕްޓެމްބަރ 20, 2024 00:01

ފިލްމީދާއިރާގައި މަޝްހޫރުއެކްޓަރ އަދި ނެށުންތެރިިޔާ، ޔާރާސީރީޒްގެ ކާމިޔާބު ބަތަލް "އަޒޭ" މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ފާތިމަތު އިސްރާ
ޖެނުއަރީ 10, 2024

ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.

ޔާރާ ޕްރޮޑަކްޝަންގެ ގިނަ ލަވަތަކާއި ޑްރާމާ އަދި ފިލްމުތަކުގެ ލީޑް ބަތަލް އަދި ރާއްޖޭގެ އެންމެ ކުރީސަފުގައި ތިބި ފަންނާނުންނާ ފައި ހަމަކުރަމުން އަންނަ އަޒޭ ހައްޔަރުކޮށްފައި ވަނީ ވިލިމާލާގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ހުއްޓާ ރޭގެ ވަގުތެއްގައި ކަމަށް "މިހެން" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަޒޭ އާއެކު އިތުރު މީހަކުވެސް ހައްޔަރު ކޮށްފައެވެ. "މިހެން" އަށް އެނގިފައިވާ ގޮތުގައި އަޒޭއާއެކު ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާ މީހެއްކަމަށް ވެއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ފްލެޓް ބަލާފާސްކުރިއިރު މަސްތުވާތ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން 40 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އަދި 41 އަހަރުގެ މީހާ އަށްް ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ފިލްމީ ދާއިރާގައި ނުހަނު މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރ އަޒޭއަކީ ފިލްމީދާއިރާގަައި ނުހަނު މަޝްހޫރު ކުޅަދާނަ އެކްޓަރެއްކަމަށް ވާ ރިޝްމީގެ އަލަތު ފިރިމީހާއެވެ. އަދި ރިޝްމީއާއި އަޒޭއަށް ފިރިހެން ދަރިފުޅެއްވެސް ލިބި، ވަރަށް ހަމަޖެހިގެން އުޅެމުން ދިޔަ ނަމަވެސް މިދެމަފިރިންގެ ކައިވެނި މާގިނަ ދުވަހަކު ދެމި ނޯތެވެ. އެދުވަސްވަރު ރިޝްމީގެ ކޮއްކޮ އައްޒަގެ ކައިވެނިވެސް ވަނީ ރޫޅިފައެވެ. ތުންތުން މަތިން ދެ އަންހެން ބެއިންގެ ވަރީގެ ފަހަތުގައި ވަރަށް ނުރަނގަޅު ސިއްރުތަކެއް އޮތްކަމަށް ބުނެ އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް މި މީހުން އެކުގައި ފިލްމީ ދާއިރާއިން ފެންނަމުން ދިޔައީ ވަރަށް ގުޅޭ އަދި ކާމިޔާބު ޖޯޑުތަކެއްގެ ގޮތުގައެވެ.

އަޒޭއަކީ މަސްތުވާތަކެތީގެ އެއްވެސް މާޒީއެއް އޮތްކަަމަށް ތުންތުންމަތިންވެސް އަޑު އަރާފައިވާ ފަރާތެއް ނޫނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy