ސެޕްޓެމްބަރ 20, 2024 03:51

ރައީީސް ޑރ މުއިއްޒު ޗައިނާގެ ރައީީސްއާ ބައްދަލު ކުރައްވައިފި

ފާއިޒާ ޙުސައިން
ޖެނުއަރީ 10, 2024
ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް، ޝީ ޖިންޕިން، ރައީސް ޑރ. މުއިއްޒަށް މިއަދު ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް ދެކަނބަލުން ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްއަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން ވަނީ ރަތްދޫލައިގެ ހޫނު މަރުޚަބާއެއް ދަންނަވައިފައެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ބޭއްވި އޮނަގާޑެއް އެމަނިކުފާނު އިންސްޕެކްޓްކޮށްދެއްވިއެވެ.

މީގެއިތުރުން މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާއާދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށްދާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުންވެސް އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އަދި މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy