ސެޕްޓެމްބަރ 20, 2024 06:05

ފިނޭންސް މިނިސްޓްރީ /ފޮޓޯ: އަވަސް

ސަރުކާރުން 4.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

އައިޝަތު އިބްރާހީމް
ޖެނުއަރީ 10, 2024

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 4.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފިއެވެ.

އަންނަ އާދީއްތަ ދުވަހު 4.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވާއިރު ޓީ-ބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެކެވެ.

މި ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނި ތަކުންނެވެ.

އެގޮތުން ވިއްކާ ޓީ-ބިލްތަކަކީ:

  • 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 2.2 ބިލިއަން ރުފިޔާގެ ޓީ-ބިލް
  • 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 263.4 މިލިއަން ރުފިޔާގެ ޓީ-ބިލް
  • 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 69 މިލިއަން ރުފިޔާގެ ޓީ-ބިލް
  • 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.7 ބިިލިއަން ރުފިޔާގެ ޓީ-ބިލް

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy