ރައީސްގެ މެސެޖުގައި، ޝައިޚް ޙަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

އަަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމަކީ ގާތް އަވަށްޓެރި ދެ ޤައުމު ކަމަށާއި، ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މި މެސެޖް  އެމަނިކުފާނު ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގެ ޒަޢާމަތުގައި ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ޤައުމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުންނެވެ.