މި ބައްދަލުވުމުގައި ސައި ދިއާންވެއި ވަނީ އެ ކުންފުންޏާ ބެހޭ އާންމު ތަޢާރަފަކާއި، އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫޢުތަކާ ބެހޭ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވުމަކީ އެމަނިކުފާނުވެސް އުއްމީދުކުރައްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

އަދި އެކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ