ސެޕްޓެމްބަރ 19, 2024 23:51

ފިލްމު ހަމަ މޮޅީ، އެހާ އަސަރުގަދަ. "އެނިމަލް" އަހަރެން ރޮއްވާލައިފި: ކަރަންޖޯހަރް

ފާތިމަތު އިސްރާ
ޖެނުއަރީ 8, 2024

2023 ވަނަ އަހަރުގެ ފަހު ފިލްމުތަކުގެ ތެރެއިން ބޮލީވުޑް ސިއްސުވާލި، އަަދި އަހަރުތަކަކަށްފަހު ބޮބީ ޑިއޯލްގެ މޮޅު ހުނަރު ދައްކުވާލި "އެނިމަލް" އަކީ ބެލުނު ވަރަށްވެސް މޮޅު އަދި އަސަރުކުރުވަނިވި ފިލްމެއް ކަމަށާއި އެފިލްމު ބަލާފައި ރޮވުނު ކަމަށްވެސް މަޝްހޫރު ޑައިރެކްޓަރކަރަން ޖޯހަރު ބުނެފިއެވެ.

ލީޑުން ރަންބީރު ކަޕޫރު އާއި ރަޝްމިކާ މަންދަނާ ފެނިގެން ދިޔަ "އެނިމަލް" އަކީ މިދިއަ އަހަރު ގެނެސްދިން އެންމެ ކާމިޔާބު އެއް ފިލްމަށްވީއިރު މި ފިލްމު އެންމެ ފުރިހަމަ ކޮށްދީފައިވާ ފަރާތަކީ ބޮބީގެ އެކްޓު ކަމުގައި ބުނުމަކީ އެހެން އެކްޓަރުންނަށް ނާއިންސާފުވެރިވީކަމަކަށް ނުވާނެއެވެ. ސަބަބަކީ "ބަރްސާތު" ފިލްމުން ޒުވާން އަންހެންކުދިންގެ ހިތްތައް ކަތިލައި ލޭ އޮހޮރުވާލި ބޮބީ އެތަކެއް ފްލޮޕް ފިލްމުތަކަކަށްފަހު މި ފިލްމުގައި ކުޅެފައިވާ ރޯލު އަދާ ކޮށްފައިވާ ގޮތް ފުރިހަމަކަމުންނެވެ.

މި ފިލްމުގެ ހާއޭޕިޔާރޭ ޖަމަލްޖަމަލްކުޑް ލަވަ އަންނަނީ އެކިއެކި ގޮތްގޮތަށް ޔޫޓިއުބުންނާއި ސޯޝަލްމީޑިޔާއިން މެދުނުކެނޑި މަޝްހޫރު ވަމުން މަގްބޫލު ވަމުންނެވެ. އެނިމަލް ނަމާ އެކަށީގެންވާ ގޮތަށް ކުޅެފައިވާ މި ފިލްމު އަންނަނީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy