ސެޕްޓެމްބަރ 20, 2024 04:21

ރައީސް ޑރ މުއިއްޒު، ސިނަމާލެ ބުރިޖު ހެދި ޗައިނާގެ ކުންފުނީގެ ވެރިންނާ ބައްދަލު ކުރައްވައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 8, 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ އާއި ހުޅުލެއާ ގުޅުވާލަދިން ސިނަމާލެ ބްރިޖު ހެދި ޗައިނާ ކުންފުނީގެ ވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޗައިނާއަށް ވަޑައިގެންނެވިއިރު، އެ ގައުމުގެ ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ގައުމުގެ ވެރިންނާއި ދަނީ ބައްދަަލު ކުރައްވަމުންނެވެ.

މިގޮތުން އެމަނިކުފާނު މިއަދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޖެއް ތަރައްގީ ކުރި ކުންފުނި ކަމަށް ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލު ކުރެއްްވުމާއި ގުޅޭ ގޮތުން ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސިނަމާލެ ބްރިޖް ތަރައްގީ ކުރި ކުންފުނީގެ ވެރިންނާއެކު ރައީސް ޑރ. މުއިއްޒު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

"ސީސީސީސީގެ ޓީމުން ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ މާލެ ސަރަހައްދުގެ ތަރައްގީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މަޝްރޫއެއް.". އޭނާ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy