ސެޕްޓެމްބަރ 20, 2024 04:25

މިހާރު އުޅަނދުތައް ރަޖިސްޓްރީ ކުރަނީ، ދުވާލަކަށް 25 އާއި 30 އާ ދެމެދު އަދަދަކަށް

ފާތިމަތު އިސްރާ
ޖެނުއަރީ 8, 2024

ފާއިތުވެދިޔަ ތަނުގައި ރާއްޖޭގައި ދުވާލަކަށް 300 އެއްހާ ވެހިކަލް ރަޖިސްޓްރީ ކުރަމުން އައި ކަމަށާއި، އެހެންނަމަވެސް އެއްގަމު އުޅަނދު ރަޖިސްޓްރީކުރާ އަދަދު ކޮންޓްރޯލް ކުރުމަށް އައަދަދު 25 އާއި 30 ދެމެދަށް މަދު ކޮށްފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅު ވެއްޖެއެވެ.

މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުގައި 42،000 އުޅަނދު ރެޖިސްޓްރީ ކޮށްފައިވާކަމަށާއި، ކުރިޔަށް އޮތްތަނުގައި މާލޭ ސަރަހަައްދަށް އެތެރެވާ އުޅަނދު ރެގިއުލޭޓް ކުރާނެ ކަމުގައެވެ.

"ތަފާސް ހިސާބު ދައްކާ ގޮތުން އޭރުގަ 300 އެއްހާ ވެހިކަލް ދުވާލެއްގެ މައްޗަށް ރެޖިސްޓްރީ ކުރާކަން ހާމަވޭ. އެކަމަކު މިހާރު އަޅުގަނޑުމެން އެ އަދަދު 25 އާ 30 އާ ދެމެދަށް ދަށް ކޮށްފިން. ކުރިން އެ ރެޖިސްޓްރީކުރި އަދަދަށް ބަލާފަ އުޅަނދުތައް އިތުރުވަމުންދިޔަ މިންވަރަށް ބަލާނަމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ މާލެ އަކީ މީހުން ދިރިނޫޅެވޭ ވަރު ތަނަކަށް ވެގެން ދިޔުމުގެ ބިރު ބޮޑު،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކުރިން އުޅަނދުތައް ރަޖިސްޓްރީ ކުރަމުންދިޔަ މިންވަރަށް އުޅަނދުތައް ރަޖިސްޓްރީ ކުރަމުންދާނަމަ މާލެއަކީ މީހުންނަށް ދިރި ނޫޅެވޭވަރުގެ ތަނަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮތް ކަމުގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy