ސެޕްޓެމްބަރ 19, 2024 23:58

ބޮލުގައި ހަންފޮޅުން: ގޭަގައިވެސް ފަރުވާ ކުރެވޭނެ ކަމެއް

ބޮލުގައި ހަން ފޮޅެނީތަ؟ މިއޮތީ ހައްލު!

އައިޝަތު އިބްރާހީމް
ޖެނުއަރީ 8, 2024

މިހާރަކަށްއައިސް ބޮލުގައި ހަންފޮޅުމަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިންނަށް ކުރިމަތިވާ ކަމެކެވެ. ބޮލުގައި ހަންފޮޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ފަހަރު ހަންފޮޅުން ރަނގަޅުކުރާނަމޭ ހިތާ ކުރެވޭ ބައެއް ކަންތަކުން އިތުރަށް ގޯސްވާ ފަހަރު އާދެއެވެ.

ހަންފޮޅުމަށް މެދުވެރިވަނީ ހަންގަނޑުގެ ސެލްތަކުގެ ތެރެއިން މާ އަވަހަށް ހެދި މަރުވާ ސެލްތަކުގެ ސަބަބުން ކަމުގައި ދިރާސާތަކުން ދައްކައެވެ. ބޮލުގައި ހަންފޮޅޭނަމަ ގޭގައި ވެސް އެކަމަށް ފަރުވާދެވިދާނެއެވެ.

ބޭކިންގް ސޯޑާ އަކީ ކޭކުފަދަ އެއްޗެހި ފިހާއިރު އެ ރަނގަޅަށް ފިހުމަށް އެހީއެއްގެ ގޮތުގައި ހަދާފައިވާ އެއްޗެއް ނަމަވެސް އެއިން ތަފާތު އެތައް ބޭނުމެއް ކުރެވޭ ކެމިކަލްއެކެވެ. މި ގިރުވުމަށްފަހު ބޮލުގައި އުނގުޅުމުން މަރުވެފައިވާ ހަންގަނޑުތައް ނައްތާލައި ހަންގަނޑު އޮމާން ކޮށްދިނުމުގެ އިރުން ބޮލުގެ ކެހުންވެސް ފިލުވައިދެއެވެ.

މީގެއިތުރުން އެލޮވެރާގެ އެހީގައިވެސް މިކަމަށް ހައްލު ގެނެވިދާނެއެވެ. އެގޮތުން އެލޮވެރާގައި އެކުލެވޭ އެންޓި އިންފްލެމެޓަރީ މާއްދާގެ ސަބަބުން ބޮލުގެ ހަންގަނޑު ކެހުމާއި ހިރުވުމުން ދުރުކޮށްދީ ފިނިކޮށްދެއެވެ. އެންޓިފަންގަލް އަދި އެންޓިވައިރަލް ބައިތަކުގެ ސަބަބުން ހަންފޮޅުމާއި ދެކޮޅަށް މަސައްތް ކުރެއެވެ.

ބޮލުގައި ހަންފޮޅުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަކީ މިކަން ހުއްޓުވުމަށް ވަރަށް މުހިންމުކަމެކެވެ. އެގޮތުން އިސްތަށިގަނޑު ނުދޮވެ ގިނަ ދުވަސް ވުމުން ބޮލުތެރޭގައި އުފެދޭ ތެޔޮކަމާއެކު ދާހިތްލުމުން ހަންފޮޅުމަށް މަގުފަހިވެއެވެ. އަދި ބޯ ދޮވުމަށްފަހު ރަނގަޅަށް ނުހިއްކާ ނަމަ ބޮލުގެ ތެރޭގައި ފަންގަސް އާލާވުމުގެ ފުރުސަތު އިތުރުވެއެވެ. ބައެއް ފަހަރު މަލަސެޒިއާ އުފެދޭ މިންވަރު އިތުރުވެ މާ ގިނައިން ހަންފޮޅެން މެދުވެރިވެއެވެ.

މީގެއިތުރުން ކަންކަމާ މާބޮޑަށް ހާސްވުމަކީވެސް ބޮލުގައި ހަންފޮޅުމަށް މެދުވެރިވާ ސަބަބެކެވެ.އެހެންކަމުން މިކަން ކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy