ސެޕްޓެމްބަރ 20, 2024 04:03

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކޮށް ޕްރޮމޯޓުކުރުން ހުއްޓާލުމަށް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފި

އައިޝަތު އިބްރާހީމް
ޖެނުއަރީ 8, 2024

ރާއްޖެއަށް ފަތުރުވެރިން ފޮނުވުން ހުއްޓާލުމަށާއި އަދި ރާއްޖެ ޕްރޮމޯޓު ކުރުން ހުއްޓާލާ ބޮއިކޮޓް ކުރުމަށް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީގެ ޗެއާމަން ޑރ. ސުބާޝް ގޯޔަލް ސޮއި ކުރައްވާ ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންތަކެއް އިންޑިއާއާއި ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލުތަކާއި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުން ހުއްޓާލުމަށްް ގޮވާލާފައެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވައްދައިދެނީ އިންޑިއާކަމަށާއި ގިނަ ވަޒީފާގެ ފުރުސަތުތަކަކީވެސް އިންޑިއާއިން ފަހިކޮށްދީފައިވާ ފުރުސަތުތަކެއް ކަމަށް ބުނެފައެވެ.

ރާއްޖެއާއި ގުޅޭގޮތުން އަންނަ ހުރިހާ އެންކުއަރީތައް ލަކްޝަދީޕް އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް އަށް ބަދަލުކުރުމަށާއި އެ ތަންތަނަކީ ރާއްޖެއަށް ވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު ތަންތަންކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި އިންޑިއާގެ ޓުއާ އޮޕަރޭޓަރުންވެސް ރާއްޖޭގެ  ބަދަލުގައި އިންޑިއާ ކަނޑުގައިވާ ސްރީލަންކާ، މޮރިޝަސް އަދި ފުކެޓް ތަންތަން ޕްރޮމޯޓުކުރުމަށް ވަނީ އެދިފައެވެ.

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އިންޑިއާގެ ގިނަ އަދަދެއްގެ ފިލްމުސްޓާރުންވެސް ދަނީ ސޯޝަލްމީޑިއާގައި އެކި އެކި ޕޯސްޓުތައް ޖަހަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy