ސެޕްޓެމްބަރ 20, 2024 06:37

ފޮޓޯ: ޔުނިސެފް

ދިރާސީ އައު އަހަރުގެ ކިޔެވުން 2026ގައި ޖެނުއަރީ މަހު ފަށާގޮތަށް ނިންމައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 8, 2024

2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ހަމަޖައްސައި ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އާ މަޝްވަރާކޮށް އިއްޔެ ކެބިނެޓަށް ހުށަހެޅި، އިހު އޮތް ގޮތަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރުމަށް ހުށަހެޅި ކަރުދާސް ފާސްކޮށް، 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާގޮތަށް ނިންމަވާފައިވާ ކަމަށެވެ.

ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ނާޒިމް ވިދާޅުވީ، މި ބަދަލު ގެނައުމަށް ރޭވިފައި ވަނީ ކުއްލިއަކަށް ބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލެންޑަރަށް މަދު މަދުން ގެނެވޭ އިސްލާހުތަކަކާއެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހައްލެއް ލިބޭގޮތަށް ކަމަށެވެ. އަދި ހަމައެހެންމެ ދަރިވަރުންގެ ކިޔެވުމަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތި ނުވާނެ ގޮތެއްގެ މަތިން ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy