ސެޕްޓެމްބަރ 20, 2024 09:06

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް /ފޮޓޯ: ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް މިއަދު މޮންޓެނީގްރޯއަށް ފުރާވަޑައިގެންފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 23, 2023

ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ކޮންގެރެސް އޮންނާނީ މި މަހުގެ 24 އިން ފެށިގެން 26 ގެ ނިޔަލަށެވެ.

މި ކޮންގްރެސް ގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާނީ ޑެޕިއުޓީ ޕްރައިމް މިނިސްޓާ ފޮ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަ އަލެކްސާ ބެސިކްގެ ދައުވަތަކަށެވެ.

މޮންޓެނީގްރޯ އާއި ރާއްޖެއާ ދެމެދު މިހާރު އޮތް ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy