ސެޕްޓެމްބަރ 20, 2024 06:35

ވެސްޓްހަމް ބަލިކޮށް ލިވަރޕޫލް ލީގުކަޕްގެ ސެމީ ފައިނަލަށް

ފާތިމަތު އިސްރާ
ޑިސެމްބަރ 21, 2023

އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި ވެސްޓްހަމް ޔުނައިޓެޑް 5-1 އިން ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ސެމީ ފައިނަލަށް ރޭ ދަތުރުކޮށްފިއެވެ.

ލިވަޕޫލް މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ބައްދަލު ކުރާނީ ފުލަމްއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ އަނެއް މެޗުގައި ޗެލްސީ ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ. ސެމީ ފައިނަލްގައި ދެ ލެގެއް ކުޅޭ އިރު، ފުރަތަމަ ލެގް އޮންނާނީ އަންނަ މަހުގެ 9 ގައެވެ. އަދި ދެވަނަ ލެގް އޮންނާނީ އަންނަ މަހުގެ 23 ގައެވެ.

ލިވަޕޫލުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފްގައި ޑޮމިނިކް ސޮބޯސްލާއިއެވެ. ދެވަނަ ހާފްގައި ކާޓިން ޖޯންސް ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފައެވެ.

ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ މުހައްމަދު ސަލާހެވެ. ޖޯންސް ވަނީ ލިވަޕޫލްގެ ފަހު ލަނޑު ޖަހައިފައެވެ.

ލިވަޕޫލުން ވަނީ ނުވަ ފަހަރު އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy