ސެޕްޓެމްބަރ 20, 2024 05:39

ލޫޓަންގެ ކެޕްޓަނަށް ހާޓްއެޓޭކެއް ޖެހިގެން ހުއްޓާލި މެޗު އަލުން ކުޅެން ޕްރިމިއާ ލީގުން ނިންމައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 21, 2023

މިދިޔަ ހޮނިހިރު ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި ހާޓް އެޓޭކެއް ޖެހިގެން ދަނޑުމައްޗަށް ލޫޓަން ޓައުންގެ ކެޕްޓަން ޓޮމް ލޮކްޔާ ވެއްޓުމާ ގުޅިގެން ހުއްޓާލި މެޗު އަލުން ފަށައިގެން ކުޅެން ޕްރިމިއާ ލީގުން ނިންމައިފިއެވެ.

އެކަމަކު، އެ މެޗު އަލުން ފަށާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ބޯންމައުތު ދަނޑުގައި ކުޅުނު މި މެޗުގައި ލޫޓަން ކެޕްޓަންގެ ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. އޭރު މެޗުގެ ނަތީޖާ ވަނީ 1-1 އެއްވަރުވެފައެވެ.

ލޮކްޔާ ދަނޑު މައްޗަށް ވެއްޓުމާ އެކު، މެޗުގެ ކުޅުން ހުއްޓާލައި، ސިއްހީ އެހީތެރިން ވަނީ އޭނާ އަށް އެހީވުމަށް ދަނޑުމައްޗަށް އަރައިފައެވެ. އަދި ދެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަނީ ޗޭންޖިން ރޫމަށް ގެންގޮސްފައެވެ.

މިކަމާ ގުޅިގެން ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ބުނީ ލޫޓަން އާއި ބޯންމައުތު ބައްދަލު ކުރި މެޗު އަލުން ފަށައިގެން ކުޅުމަށް ނިންމާފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހުގައި އެ މެޗު ކުޅޭނެ ވަކި ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy