ސެޕްޓެމްބަރ 20, 2024 10:39

ކުޅުދޫފުށީ ހޮސްޕިޓަލް – މިހާތަަނަށް 25 މީހަކު ފައިލޭރިއާއަށް ވަނީ ޕޮޒިޓިވް ވެފައި!

ފައިލޭރިއާ ކޭސް: އިތުރު 6 މީހުން ޕޮޒިޓިވްވެ ޖުމުލަ އަދަދު 25 އަށް!

އައިޝަތު އިބްރާހީމް
ޑިސެމްބަރ 21, 2023

އިތުރު 6 މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެ، ކުޅުދުއްފުށިން ފެނުނު ފައިލޭރިއާ ކޭސްގެ އަދަދު 25 އަށް އަރައިފައިވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ ރަށުން އެންމެ ފުރަތަމަ މި ބަލީގެ ކޭސްތައް ފާހަގަވީ ހެެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބިދޭސީންނަށް އަމާޒުކޮށްގެން، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ.

ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނެގެޓިވް ވެފައެވެ.

ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.

މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ.

ފައިލޭރިއާ ބައްޔާ ގުޅޭ މައުލޫމާތު ކުޅުދުއްފުށީގައި ދިރިއުޅެމުން ދާ އިންޑިއާގެ ރައްޔިތުންނަށް ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕީޓަލުން ވަނީ މައުލޫމާތު ދިނުމުގެ ސެޝަންއެއް ވެސް ބާއްވާފައެވެ. އެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާ ރައްޔިތުންނަށް ފަސޭހަކަމާއެކު މައުލޫމާތު ސާފުވާނެ ގޮތަށް ހިންދީ އަދި އުރުދޫ ބަހުންނެވެ.

ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ. އެ ކޭސްއާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ފަސް އަހަރު ވަންދެން ބޭސް ދެވުނުވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy