ސެޕްޓެމްބަރ 20, 2024 06:25

އެސްޓީއޯ އިން ފިޔާކިލޯއެއް 20 ރުފިޔާއަށް ހިފަހައްޓައި އަގު ކޮންޓްރޯލް ކޮށްފި

ފާތިމަތު އިސްރާ
ޑިސެމްބަރ 17, 2023

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށައިފިއެވެ.

އެކުންފުނިން މިއަދު ބުނީ ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ މިހާރު އެތެރެ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށް އެސްޓީއޯ އިން ބުންޏެވެ. ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެއްޓީއޯ އިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހު ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"އެސްޓީއޯއިން އިލްތިމާސް ކޮށްފައި ވަނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ" ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން އިމްޕޯޓް ކޮއްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ބާޒާރައް ނެރެފައިވާ ކަމަށާއި އެކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްތޭބަލައިޒް ކުރުން ކަމަށް ވާތީ ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބެންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy