ސެޕްޓެމްބަރ 20, 2024 06:32

މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރަން ހާއްސަ ބްރޭންޑަކާއެކު މާކެޓް ކުރުމަށް އާ ކުންފުންޏެއް އުފައްދަނީ

ފާތިމަތު އިސްރާ
ޑިސެމްބަރ 17, 2023

މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް،"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" ގެ ނަމުގައި %100 ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަވަން ނިންމަވައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެކަން އިއުލާންކުރައްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، މި ކުންފުނީގެ ބޭނުމަކީ އެކުއަކަލްޗާ އާއި މެރިކަލްޗާ އާއި ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށްގެން އޭގެން ލިބޭ މަންފާ އިތުރުކުރުން ކަމަށެވެ.

ޝަހީބް ވިދާޅުވީ މި ކުންފުނީގެ ބޭނުމަކީ ދިވެހި އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖެ އާއި ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމާއި، އެތަކެއްޗަށް މާކެޓް ހޯދުން ކަމަށެވެ.

މި ކުންފުންޏަށް އަންނަ އަހަރުގެ ބަޖެޓުން 37 މިލިޔަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy