ސެޕްޓެމްބަރ 20, 2024 09:06

ސަލާހުއްދީން ސުކޫލްގެ ޕްރީ-ގްރޭޑެއްގެ ދަރިވަރަކަށް ހަނގާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ފާތިމަތު އިސްރާ
ޑިސެމްބަރ 14, 2023

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަމުންދާ ސަލާހުއްދީން ސުކޫލްގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ކުއްޖަކަށް ބުލީ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުއްޖާއަށް ބުލީ ކުރުމުގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ލިޔެފައިވާ މެސެޖެއްގައި ބުނެފައިވަނީ ސްކޫލު ތެރޭގައި ކުއްޖާއަށް ބުލީކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. ނަމަވެސް އެކަން ކުރިން ހީކުރިވަރަށް ވުރެ ބޮޑުވެ ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި ކުއްޖާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް ސުކޫލަށް ނުދާން މިހާރު ދަނީ ދެކޮޅު ހަދަމުންނެވެ. ކުއްޖާ ސްކޫލުން ގެއަށް އަންނައިރު ގަޔަށް ބޮޑު ކަމުދެވިފައިވެސް ހުންނަ ކަމަށާއި އެހެންވެ ފަރުވާ ހޯދުމަށް އެތައް ޑޮކްޓަރަކަށް ދެއްކި ނަމަވެސް ހާލަތަށް މާބޮޑު ބަދަލެއް ނާންނަ ކަމަށްވެސް ބުންޏެވެ.

ކުއްޖާއަށް އިންތިހާއަށް ބުލީކުރާކަން ފާހަގަވުމާއެކު ކުއްޖާ ގޮވައިގެން ސުކޫލަށް ގޮސް، ކުލާސް ޓީޗަރަށް ހުރިހާ ކަމެއް ކިޔައިދިނުމުން އެއީ އެ ކުއްޖާ އަމިއްލައަށް ކުރާ ކަންތައްތަކެއް ކަމަށް ޓީޗަރު ބުނި ކަމަށްވެސް މަންމަ ބުންޏެވެ. ޓީޗަރު ދައްކާ ވާހަކަތަކަށް ސްކޫލު ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް އެއްބާރުލުން ދީފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މިއީ ކުއްޖާ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ޔަގީންވާ ކަމަށާއި އަދި ސްކޫލަށް ކުރިން ކަންކަން ކުރެވުނު ކުއްޖާގެ މަންމައަށް ގުޅައި މައާފަށް އެދުނު ކަމަށްވެސް ބުންޏެވެ.

ސަލާހުއްދީން ސްކޫލުގެ ދަރިވަރަކަށް ބުލީކުރާ މައްސަލަ ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު ކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.

ސުކޫލްތަކުގައި ބުލީ ކުރުމުގެ މައްސަލަ އަކީ މިހާރަކަށް އައިސް އާންމުވަމުންދާ ސީރިއަސް މައްސަލަ އެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy