ސެޕްޓެމްބަރ 20, 2024 09:07

2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް މަޖިލިހުން ފާސްކޮށްފި

ފާތިމަތު އިސްރާ
ޑިސެމްބަރ 13, 2023

އަންނަ އަހަރަށް ލަފާކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީވެސް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާއެކު ކުރިން ހުށަހަޅާފައިވާ ބަޖެޓަށް 3.7 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހުއެވެ. ކުރީ ސަރުކާރުން މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަަރަށް ސަރުކާރުން 2022 ވަނަ އަހަރު ހުށަހެޅި 42.6 ބިލިއަން ރުފިޔާއަށްވުރެވެސް އިތުރު އަދަދެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި 306މިލިއަން އިތުރުކޮށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލިހުގައި ބަޖެޓް ބަހުސަށް ދެދުވަސް ހޭދަކޮށް، އިއްޔެގެ މަޖިލިސް ޖަލްސާގައި ބަޖެޓް ބަހުސް ނިމުނީކަން ހާމަކޮށް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވީ، ބަޖެޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ބަޖެޓް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy