ސެޕްޓެމްބަރ 20, 2024 08:52

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު /ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތަފާތު ކުރުމެއް ނެތި ހުރިހާ ކުދިންނަށްވެސް ހުނަރު ދަސްކުރުމުގެ ފުރުސަތު ހޯދަދޭނަން: އެޑިއުކޭޝަން މިނިސްޓަރު

އައިޝަތު އިބްރާހީމް
ޑިސެމްބަރ 13, 2023

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މަސައްކަތްތެރިކަމުގެ އެކި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށް ދިނުމަށްޓަކައި ހުނަރު ޕްރޮގްރާމްތައް ފައްޓާނެކަމަށާއި ތަފާތު ކުރުމެއް ނެތި އެ ފުރުސަތުތައް ހުރިހާ ކުދިންނަށްވެސް ހޯދަދޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ހުރަވީ ސްކޫލުގެ ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް "ހުނަރު ވެހި" ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" ކިޔަވާ އެންމެ ދަށް ކުއްޖާއާއި އެންމެ މޮޅު ކުއްޖާއަށް ވެސް ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބޭނެ" -އެޑިއުކޭޝަން މިނިސްޓަރ

ޑރ. ޝަފީޤު ވިދާޅުވީ، ހުނަރު ދަސްކޮށް ދިނުމަށް ސްކޫލް ނިޒާމުގެ ތެރެއަށް ތަޢާރަފުކުރަން ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް މަތީތަޢުލީމުގެ ވުޒާރާއާއެކު ކުރިއަށް ގެންދަވާ ކަމަށެވެ.

މީގެއިތުރުން ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒެއް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމަކީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދޭ ފުރުސަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށްވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހަމަހަމަކަމާއެކު ދެއްވާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy