ސެޕްޓެމްބަރ 20, 2024 09:04

އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އައިމިނަތު ޒީނިޔާ /ފޮޓޯ: އާސަންދަ

އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ބަދަލުގައި ރަނގަޅީ ހެލްތު ސްކްރީން ހެދުން: އާސަންދަ

އައިޝަތު އިބްރާހީމް
ޑިސެމްބަރ 13, 2023

އަހަރު ދެ ފަހަރު މެޑިކަލް ޗެކަޕް އާސަންދަ ތެރެއިން ހަދަން ފުރުސަތު ދިނުމުގެ ބަދަލުގައި ނިޒާމު ބައްޓަންކުރުމުގައި ވިސްނުން ރަނގަޅީ ހެލްތު ސްކްރީނިން އެއްގެ ގޮތުގައި އެ ކަން ކުރެވޭނެހެން ހަމަޖެއްސުންކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

އެސްއޯއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕެއްގެ ތެރެއިން އެކްސްރޭ ފަދަ ތަކެތި ނަގަން ޖެހޭ އިރު އެއީ ބަލި މީހަކު މާގިނައިން އެކްސްޕޯސް ކުރަން ރަނގަޅު ކަންކަމެއް ނޫން ކަމަށެވެ.

"މީގެ ތަންކޮޅެއް ކުރިން ވެސް މެޑިކަލް ޗެކްއަޕް ފަށަން ވެގެން، ޕެކޭޖުތައް ހެދި އިރު ވެސް އަހަރަކު އެއް ފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ހެދޭ ކަހަލަ ޓެސްޓުތައް ވެސް ލާފަ ޗެކްއަޕްތަކެއް ހަދަން ހިމެނީ. އަޅުގަނޑުމެން އެ މައުލޫމާތު އެންސްޕާއާ ހިއްސާކޮށްފައިވާނީ،" އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވެ ގިނަ ކަންތައްތަކެއް އާސަންދަ ކަވަރޭޖުގައި ހިމަނައިފައެވެ. އޭގެ ތެރޭގައި މެޑިކަލް ޗެކަޕް ހެދުން ވެސް ހިމެނެއެވެ.

"ސްކްރީނިން އެއްގޮތަށް ތަންކޮޅެއް ސިމްޕަލްކޮށް ކަންނޭނގެ ގެންދާނީ. ކޮށްފައި ސްކްރީނިންގެ ތެރެއިން މިސާލަކަށް އިޝޫއެއް އައިޑެންޓިފައި ވެއްޖެޔާ ދެން ފުލް ޗެކަޕަކަށް ދާ ކަހަލަ ގޮތަކަށް،" ޒީނިޔާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މެޑިކަލް ޗެކަޕްގެ ކަންކަން ކުރިއަށް ދާނެ ގޮތް ނިންމާނީ އެންސްޕާއިން ކަމަށެވެ.

ސަރުކާރުންވަނީ ދަރިމައިވުމުގެ މައްސަލަތަކަށް ދޭ އައިވީއެފް ފަރުވާއާއި ޚިދުމަތާއި އަންހެނުންނަށް ދިމާވާ ޕީސީއޯއެސްއާއި އެންޑޯމެޓްރިއޯސިސް އަށް ދޭ ފަރުވާ އާސަންދައިން ފުލް ކަވަރޭޖު ލިބޭ ގޮތަށް ހަދަން ނިންމައިފައެވެ.

އެ ކަމާ ގުޅިގެން ކޮމިޓީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޒީނިޔާ ވިދާޅުވީ އެ ބަލިތަކަށް ދޭ ފަރުވާއަކީ މިހާރު ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން ހަމަޖެއްސިދާނެ ފަރުވާއެެއް ކަމަށެވެ.

އެއާއެކު ޒީނިޔާ ވިދާޅުވީ އާސަންދައިން ކުރާ ޚަރަދު ކުޑަކުރުމަށް އެންމެ މުހިންމީ ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޚިދުމަތްތައް ގިނަކޮށް ފެންވަރު ރަނގަޅުކުރުން ކަމަަށެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy