ސެޕްޓެމްބަރ 20, 2024 10:33

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

މަގާމުގެ ހައިސިއްޔަތުން ނިންމަން ޖެހޭ އެއްވެސް ނިންމުމެއްގައި ބައިވެރިވެރިއެއް ނުވަން: މެޑަމް ސާޖިދާ

ފާތިމަތު އިސްރާ
ޑިސެމްބަރ 12, 2023

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާއި އެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި މަގާމުގެ ހައިސިއްޔަތުން ނިންމަން ޖެހޭ އެއްވެސް ނިންމުމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓިވީއަށް ދެއްވި އިންޓަވިއުއެއްގައި ސާޖިދާ ވިދާޅުވީ، އެމްއެފްޑީއޭގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ ގޮތުގައި ސިވިލް ސާވިސްއަށް ހިދުމަތް ކުރެއްވިއިރު، އެއިރު އެކަމަނާއަކީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ކަމެއް އާންމުންގެ ގިނަ މީހުންނަށް އެނގިފައި ނުވާ ކަަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން ފެނިވަޑައިގެން އާންމުންނަށް ސާޖިދާ އެނގެން ފެށި ކަމަށް ވިދާޅުވިއެވެ. އަދި އެމްއެފްޑީއޭ ގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއްވީ އިރުވެސް، ސިޔާސީ ގޮތުން އެއްވެސް ކަމެއްގައި އުޅުއްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ، 1999ގައި ފުރަތަމަ ހިދުމަތަށް ނިކުމެފައިވާ ކަމަށާއި، އޭލެވެލް ނިންމައި މަސް ދުވަސް ވެސް ނުވަނީސް، ހެލްތް މިނިސްޓްރީގައި މަސައްކަތް ފެއްޓެވީ ލެބް އެސިސްޓެންޓެއްގެ ގޮތުގައި ކަމަށެވެ. އަދި ތަން އޭރު އުފެދިގެން އައީ ރާއްޖެއަށް މަސް އެކްސްޕޯޓު ކުރެވެން ފެށުމާއި އެކުކަމަށްވުމާއި އެކު މަހުގެ ކޮލިޓީއަށް ބަލައި ހެލްތް ސެޓްފިކެޓު ދިނުމަށް ކަމަށް ވިދާޅުވިއެވެ.

އެގޮތަށް މަސައްކަތް ކުރެއްވުމަށް ފަހު، އަހަރެއް ފަހުން ލިބުނު ފުރުސަތުގައި އެކަމަނާ ޑިގްރީއަށް ކިޔަވަން ރާއްޖެއަށް ބޭރަށް ވަޑައިގަތެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކާބޯތެކެތީގެ ކަންކަމުގެ މަސައްކަތުގައި ޝާމިލްވެ ވަޑައިގެން އުޅުއްވިއިރު، މާސްޓަސް ވެސް ނިންމުމަށް ފަހު 2009 ފަހު މިއަދާ ހަމައަށް ވެސް ގުޅިގެން ވެސް މަސައްކަތް ކުރަމުން ކުރިއަށް ވަޑައިގަތީވެސް އެ ދާއިރާގައި ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

ފަސްޓްލޭޑީގެ މަގާމުގައި ހުންނަވާ، ދެން އެމްއެފްޑީއޭގެ މަސައްކަތުގައި އުނދަގޫ ވެދާނެތޯ ސުވާލު ކުރުމުން މެޑަމް ސާޖިދާ ވިދާޅުވީ ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް އެކަމުގައި އެބަހުރި ކަމަށާއި އެކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއްވެސް ނިންމުމެއް ނިންމާ ލެވެލްއެއްގައި އުޅުއްވަން ބޭނުންފުޅު ނުވާ ކަމަށާއި އެކަމަކު ބޭނުންފުޅުވަނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބުވި ހިސާބުން ފެށިގެން ގޮތް ނިންމުމާއި ބެހޭ އެއްވެސް ކަމެއްގައި އުޅުއްވާފައި ނުވާނެ ކަމަށާއި އެކަން އަމިއްލަފުޅަށް ވެސް ގަބޫލު ކުރެއްވާ ކަމަށެވެ. އަދި ހަމައެކަނި އެދިފައިވާނީ ކާބޯތަކެތީގެ އެކި ސްޓެންޑާޑް ކަނޑައެޅުމުގައި ޓެކްނިކަލް އެހީ ދިނުމަށް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy