ސެޕްޓެމްބަރ 20, 2024 05:49

ބާސެލޯނާ ބަލިކޮށް ޖިރޯނާ އެއްވަނަ އަށް

ފާތިމަތު އިސްރާ
ޑިސެމްބަރ 11, 2023

ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޖިރޯނާ އިން އަލުން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލުކުރިއިރު، ޖިރޯނާ އޮތީ ދެ ވަނައިގައެވެ. ބާސެލޯނާ އޮތީ ތިން ވަނައިގައެވެ. މި ސީޒަންގެ ސްޕެނިޝް ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ޖިރޯނާ އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދީ 4-2 އިންނެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޖިރޯނާ އިން ވަނީ ލަނޑު ޖަހައި އާޓެމް ޑޮވްބީކް ލީޑު ނެގިއެވެ. ދެ ވަނަ ހާފުގައި ޖިރޯނާ އިން ކްރިސްޓިއަން ސްޓުއާނީ ހޯދައިދިން ފުރުސަތުގައި ވަލޭރީ ފެނާންޑޭޒް ޖެހި ލަނޑުން އިތުރަށް ލީޑު ފުޅާކުރިއެވެ.

މިއީ މި ސީޒަންގެ ލީގުގައި ބާސެލޯނާގެ ދެ ވަނަ ބައްޔެވެ. ބައްޔާއެކު އެ ޓީމު ވަނީ ހަތަރު ވަނަ އަށް ވެއްޓިފައެވެ.

އެއީ މިހާތަނަށް ކުޅުނު 16 މެޗުން 34 ޕޮއިންޓާ އެކުއެވެ.

ތިން ވަނައިގައި އެތުލެޓިކޯ މެޑްރިޑަށް ހަމަ އެ އަދަދަށް ޕޮއިންޓު ލިބޭއިރު، ފައިދާ ލަނޑުން އެ ޓީމު ކުރި ހޯދައެވެ. މޮޅާއެކު ޖިރޯނާ ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފައެވެ. އެއީ 16 މެޗުން 41 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 39 ޕޮއިންޓެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy