ސެޕްޓެމްބަރ 20, 2024 06:08

ޔޮނެކްސް މުބާރާތުން މަހްލޫފުގެ ދަރިފުޅު ލައިބާއަށް ރިހިމެޑަލް

ފާތިމަތު އިސްރާ
ޑިސެމްބަރ 11, 2023

އެސްޓޯނިއާގައި ކުރިއަށްދާ ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ ޑަބަލްސް ބައިން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ދަރިފުޅު ލައިބާ އަހްމަދު މަހްލޫފް ހޯދައިފިއެވެ.

ޑަބަލްސް ފައިނަލްގައި ލައިބާގެ ޕެއާ އިން ވަނީ ވާދަކޮށްފައެވެ. އަގޯޓާ އަދި ބީޓްރިސްގެ ޕެއާއާ ދެކޮޅަށް ފައިނަލްގައި ނުކުމެ، މެޗުގެ ފުރަތަމަ ސެޓު ލައިބާ އަދި އޮލީވިއާގެ ޕެއާ ވަނީ ކާމިޔާބުކޮށްފައެވެ. އެއީ 21-18 އިންނެވެ.

އެހެންނަމަވެސް، އަގޯޓާ އަދި ބީޓްރިސްގެ ޕެއާ ވަނީ ޖެހިގެން އައި ދެ ސެޓު ވެސް 10-21 އަދި 12-21 ކާމިޔާބުކޮށްފައެވެ.

ލައިބާ ވަނީ މި މުބާރާތުގެ ސިންގަލްސް ބައިގައި ބައިވެރިވެ، ގުރޫޕްގެ ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ. ލައިބާ ބަލިވީ ގަދަ 16 ވަނަ ބުރުގައި ދެ ސެޓު އެއް ސެޓުންނެވެ.

މިއީ  ލައިބާ ހޯދި ހަތް ވަނަ މެޑަލްއެވެ.

މިއީ މިހާތަނަށް ދެ ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދާފައިވާ ލައިބާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ހޯދި ހަތްވަނަ މެޑަލްއެވެ.

ލައިބާ އަކީ ރާއްޖޭގެ 11 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާއެވެ. ލައިބާ އަންނަނީ ރާއްޖޭގައި ބާއްވަމުން އަންނަ ބެޑެމިންޓަން މުބާރާތްތަކުގައި ވެސް ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy