ސެޕްޓެމްބަރ 20, 2024 12:23

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ /ފޮޓޯ: ރައީސް އޮފީސް

ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުންނަން ޖެހޭ- އެ ތަމްރީނު ދޭނަން: ރައީސް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 11, 2023

މަސްވެރިކަން ކުރާ ކޮންމެ ދިވެހި ދޯންޏަކުން މަދުވެގެން އެއް ފަޅުވެރިއަކަށް 'ރެސްކިއު ޑައިވަރުން'ގެ ފެންވަރަށް ތަމްރީނު ހެދުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިން މޫދަށް ފީނާއިރު ވަރަށް ގިނައިން ހިތާމަވެރި ހާދިސާތައް ހިނގާ ކަމަށެވެ.

އެހެންކަމުން އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކޮންމެ މަސް ދޯންޏަކުން އެއް ފަޅުވެރިއަކު 'ރެސްކިއު ޑައިވަރު' ފެންވަރުގެ ސަނަދު ހާސިލްކޮށްފައިވާ މީހަކަށް ހެދުމަށްޓަކައި ސަރުކާރުން ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެން ކަމުން، މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކާ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެވޭނެ. ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ މި ފަދަ ހިތާމަވެރި މައްސަލަތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރޭ ޖަލްސާގައި ވާހަކަ ދައްކަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ އިއްޔެ މަސްވެރިންނާއެކު ކުރިއަށް ގެންދިޔަ ގުންޒަރުގައި މަސްވެރިން ފާހަގަކުރި ކަންކަމަށް ފުރިހަމަ ހައްލެއް ހޯދައިދެއްވާނެ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން ރައީސްގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20ރ. އަށްވުރެ ދަށްނުކޮށް، ދުވަހުން ދުވަހަށް މަހަށް ފައިސާ ލިބޭނެ ނިޒާމެއް މި ސަރުކާރުން ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy