ސެޕްޓެމްބަރ 20, 2024 17:51

ރައީސް ޔާމީން ޕީއެންއެފަށް ސޮއި ކުރެއްވުމަށްފަހު ފޯމު މަލީހު އާއި ހަވާލުކުރަނީ /ފޮޓޯ: އަދަދު

ރައީސް އަބްދުﷲ ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވައިފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 11, 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕަލަސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އަށް ސޮއިކުރައްވައިފިއެވެ.

މިވަގުތު ވެސް ގޭބަންދުގައި ހުންނެވި ޔާމީން ޕީއެންއެފްއަށް ސޮއިކުރެއްވީ ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުއާއެވެ.

ޔާމީން ގެއަށް ބަދަލުކުރެއްވި ފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސިޔާސީ އެއްވުންތައް ބާވަމުން ދާއިރު އެއީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމަކަށް ވުމުން ލުއިތައް އުވާލާނެ ކަމަށް ކަރެކްޝަންސްއިން ވަނީ އިންޒާރު ދީފައިވެއެވެ.

މިދިޔަ ނޮވެމްބަރ 23 ގައި ޕީޕީއެމް އިން ވަކިވެ ވަޑައިގަންނަވާ ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދެވީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައެވެ. އަދި މިހާތަނަށް 3000 އަށް ވުރެ ގިނަ މެމްބަރުންގެ ފޯމު ޕާޓީ އަށް ވަނީ ހުށަހަޅާފައެވެ.

ޒެއިންގެ އިތުރުން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ޔާމީން އާއި އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ތިއްބަވާނެ ކަމަށް މީގެކުރިން ހާމަކޮށްފައިވެއެވެ.

ނަމަވެސް އީސީގެ ގަވާއިދު ބުނާ ގޮތުން ޕާޓީއެއްގެ މުއައްސިސެއްގެ ގޮތުގައި ހުންނެވެނީ އެންމެ މީހަކަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy