ސެޕްޓެމްބަރ 20, 2024 06:29

ގްރޭޑް 10 އަދި 12،11 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކުރުމުގެ ހުއްދަ ދޭން ނިންމައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 10, 2023

ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކުރުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފައެވެ.

އަށާރަ އަހަރުން ދަށުގެ ކުދިންނަށް އިމާމުވެ ނަމާދުކުރުމާއި ހުތުބާ ކިޔުން މިދިޔަ ސަރުކާރުން އޮތީ މަނާކޮށްފައެވެ.

ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10،11،12 ނިންމާފައިވާ، ރީތިކޮށް ގުރުއާން ކިޔަވާ އަދި ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ދޭން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ގަވާއިދުގައިވާ ގޮތުން މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ ލިބެނީ އެކަމަށް ހާއްސަކޮށް އިސްލާމިކް މިނިސްޓްރީން ދޫކުރާ ސެޓްފިކެޓް ހާސިލު ކުރުމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy