ސެޕްޓެމްބަރ 20, 2024 04:15

ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލެއް ހޯދުމުގައި އެއްވެސް ހުރަހެއް ނެތް: ސަޢީދު

ފާތިމަތު އިސްރާ
ޑިސެމްބަރ 9, 2023

ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލެއް ހޯދުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު މިފަދައިން ވިދާޅުވީ އަވައްޓެރި އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ކުއްލިއަކަށް މަޑު ޖައްސާލުމާ ގުޅިގެންނެވެ.

މިކަން ހާމަކޮށްފައި ވަނީ އިންޑިއާގެ ރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ނެރުނު އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ތިން ހާލަތެއްގައި ފިޔަވައި އެހެން ހާލަތްތަކުގައި އިންޑިޔާއިން ފިޔާ އެކްސްޕޯޓު ކުރުން އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް މަނާކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށާއި، ދުނިޔޭގެ ކާބޯތަކަތީގެ ބާޒާރަށާއި ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓު ސިޔާސަތުތަކަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަމެއް ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލުގެ ތެރެއިން އެއްވެސް ބާވަތެއްގެ މުދާ ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

ރައްޔިތުންނަށް ކާބޯތަކެތީގެ ސަލާމަތް ނުވަތަ ފުޑް ސެކިއުރިޓީ ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ކެމްޕެއިނުން ފެށިގެން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވެސް އެމަނިކުފާނު އެންމެ އިސްކަންދެއްވާ ކަންތައްކަމަށް ވެސް ސައީދުވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy