ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޮޑުދައިތާފުޅު އުއްމުކުލްސޫމް (ރަންފުޅު) އަވަހާރަވެއްޖެ އެވެ.
ގ.ކެޓޭނިޔާ ގެއަށް އުފަން ރަންފުޅު އަވަހާރަވީ ސްރީ ލަންކާގެ ކޮލަންބޯގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކަމަނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގަ އެވެ.
އަވަހާރަވިއިރު ރަންފުޅުގެ ސީދާ އުމުރު ޔަގީނެއް ނޫނެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ރަންފުޅަށް ވާނީ 96 އަހަރު ކަމަށެވެ. އިސްމާއިލް ވަހީދު ބަޔާންކުރައްވާފައިވާ ގޮތުގައި ރަންފުޅު ދުނިޔެއަށް އުފަންވެވަޑައިގަތީ މީލާދީން 1929 ވަނަ އަހަރު ކަމުގަ އެވެ. އެހެންކަމަށްވާނަމަ ރަންފުޅަށް މި އަހަރު ވާނީ 94 އަހަރެވެ.
ޓެގް: ަހަބަރު