ސެޕްޓެމްބަރ 20, 2024 04:11

އައްޑޫ ގުޅިފައިވާ ރަށްތަކަށް އަދިވެސް ފެނުގެ ހިދުމަތް ނުލިބޭ

ފާތިމަތު އިސްރާ
ޑިސެމްބަރ 9, 2023

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނުތާ ތިން ދުވަސްވިއިރުވެސް ފެން ފޯރުކޮށްދެވެން ފެށިފައެއް ނުވާކަމަށް އެރަށުގެ ބައެއް ގެތަކުން މައުލޫމާތު ދީފިއެވެ.

އެހެންނަމަވެސް ފެނަކަ ކޯޕަރޭޝަންއިން ރޭ ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުގެ އާރް.އޯ ޕްލާންޓްއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މާލެއިން ގެންދެވުނު ވީ.އެފް.ޑީ ޑްރައިވް އިންސްޓޯލް ކުރެވިފައި ވާކަމުގައެވެ.

އޭގެ އިތުރުން ކޮންޓްރޯލް ކޭބަލް ކޮންފިގަރޭޝަން އަދި ސިސްޓަމް ޕްރޮގްރާމިންގގެ މަސައްކަތް ކުރިއަށް ދާކަމަށާއި، 1 ގަޑިއިރު ތެރޭ ފެން ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

އަދި އާރް.އޯ ޕްލާންޓްއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވީ.އެފް.ޑީ ރޭގަ ހިތަދޫ އަށް ގެންދެވި، އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށްވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް އައްޑޫ ސިޓީން "ޚަބަރު އޮންލައިން"އާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ފެނުގެ ޚިދުމަތް ލިބޭނެކަމަށް ފެނަކައިން ބުނެފައިވި ނަމަވެސް، މިއަދު ހެނދުނުވެސް ފެނުގެ ޚިދުމަތް ފޯރުކޮށްދެވެން ފެށިފައި ނުވާކަމުގައެވެ.

މިކަމާއި ގުޅިގެން ފެނަކައިން މިއަދު އަދި އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy