ސެޕްޓެމްބަރ 20, 2024 04:03

ފުވައްމުލަކު ހޮސްޕިޓަލް /ފޮޓޯ: ފުވައްމުލަކު ސިޓީ

ފުވައްމުލަކުގައި ސައިކަލަކާއެކު ވެއްޓިފައި އޮތް ކުއްޖަކަށް ފަރުވާދެނީ - ހާލު ސީރިއަސް!

އައިޝަތު އިބްރާހީމް
ޑިސެމްބަރ 9, 2023

ފުވައްމުލަކުގައި ސައިކަލަކާއެކު ވެއްޓިފައި އޮއްވާ ފެނުނު ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސައިކަލާއެކު ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އޭނާ ފެނުނީ މާލެގަން އަވަށުން، ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުން ރޭ ދަންވަރު 3:40 ހާއިރު ކަމަށެވެ.

ފުލުހުންނަށް އެކުއްޖާ ފެނިފައިވަނީ ރޭ ދަންވަރު ޕެޓްރޯލް ކުރަމުން ދިޔައިރު ކަން ފުލުހުން ހާމަކުރި ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑިރެކްޓަރު ފާތިމަތު ނައީމާ މިއަދު ވިދާޅުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރު 3:50 ހާއިރު ކަމަށެވެ. އަދި އެ ކުއްޖާގެ ވާއަތު ފައި ބިނދިފައިވާ ކަމަށް އެކްސްރޭ އިން ދައްކާ ކަމަށާއި، އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް އިންޓާނަލް ބްލީޑިން ހުރި ކަމަށް ފާހަގަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy