ސެޕްޓެމްބަރ 20, 2024 06:06

މިހެން.އެމްވީ ވެބްސައިޓް އިފުތިތާހުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން

މިހެން.އެމްވީ ވެބްސައިޓް އިފުތިތާހުކޮށްފި

މިހެން
ޑިސެމްބަރ 8, 2023

މިހެން.އެމްވީ ވެބްސައިޓް އިފުތިތާހުކޮށްފިއެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގެ ޚަބަރުތަކާއި މަޢުލޫމާތު ގެނެސްދޭގޮތަށް ފަރުމާކޮށްފައިވާ "މިހެން" ނޫސް ވެބްސައިޓް އިފުތިތާހުކޮށްދެއްވީ، ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަދި ދިވެހިބަހާއި އަދަބިއްޔާތުގެ ފުންނާބުއުސް އަދީބު އަލްއުސްތާޛް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.

"މިހެން" ނޫހުގެ އިދާރާގައި ބޭއްވި އިވެންޓެއްގައި ވެބްސައިޓް އިފުތިތާހުކޮށްދެއްވަމުން އަލްއުސްތާޛް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ދެއްކެވި ވާހަކަފުޅުގައި، ނޫސްވެރިކަމުގެ ހުނަރުތަކާއި ނޫސްވެރިކަމުގައި ލިޔުންތެރިކަމުގެ ފަންނުގެ ހުނަރުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެގޮތުން ބަހުގެ ހަމަތަކަށް ސަމާލުކަން ދިނުމާއެކު، ކިޔުންތެރިންނާ ހަމައަށް ގެނެސްދޭ ޚަބަރާއި މަޢުލޫމާތުތަކަކީ ފައިދާއެއް ނެތް ބޭކާރުގޮތުގައި ގެނެސްދޭ ޚަބަރުތަކަކަށް ނުހެދުމަށް އިލްތިމާސް ކުރެއްވިއެވެ.

"މިހެން" ނޫސް ވެބްސައިޓު އިފުތިތާހުކުރުމަށް ބޭއްވި އިވެންޓުގައި ނޫހުގެ އެޑިޓަރު ޢުޘްމާން ރަމީޒު ފާހަގަކުރެއްވި ގޮތުގައި "މިހެން" ނޫހުގެ އެންމެ ބޮޑު އެއް އަމާޒަކީ ތަފުސީލީ ތާޒާ ތެދު ޚަބަރުތަކާއި މަޢުލޫމާތުތައް ކިޔުންތެރިންނާ ހަމައަށް އަވަހަށް ފޯރުކޮށްދިނުމެވެ. އަދި މުސްތަޤުބަލުގައި "މިހެން" ނޫސް ކިޔުންތެރިންގެ އެންމެ މަޤުބޫލު ނޫސްތަކުގެ ތެރޭގައި ހިމެނުމަށް މަސައްކަތްކުރުމަށް، "މިހެން" ގެ މުޅި ޓީމު ތައްޔާރަށް އޮތްކަމަށްވެސް އެޑިޓަރު ވަނީ ފާހަގަކޮށްފައެވެ.

މިހެން.އެމްވީ ވެބްސައިޓް މިރޭ އިފުތިތާހުކޮށްފައިވާއިރު، ވެބްސައިޓުގައި މިހާރުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޚަބަރުތަކާއި މުހިންމު މަޢުލޫމާތުތައް ލިބެން އެބަހުއްޓެވެ. އަދި ކޮންމެ ދުވަހަކުވެސް، ޚަބަރުތަކާއި މަޢުލޫމާތުތަކުގެ އަދާހަމަ ނޫހުގައި ޝާއިޢުކޮށް، ނޫހާއި ނޫހުގެ ސޯޝަލްމީޑިއާގެ މަންސަތަކުގެ އެހީގައި ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy