ސެޕްޓެމްބަރ 20, 2024 09:13

އަންނަ އަހަރަށް ކަނޑައަޅާައިވާ ބަޖެޓު /ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފުށިދިއްގަރުފަޅު ހިއްކުމުގެ ބޮޑު މަޝްރޫއު ބަޖެޓުން އުނި ކޮށްފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 8, 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ޕްރޮޖެކްޓުގެ ގޮތުގައި ފެށުމަށް ނިންމާފައިވާ ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށްފަހު އުނިކޮށްފިއެވެ.

މިބަޖެޓް ކޮމިޓީން ފާސްކުރީ ރޭ ބޭއްވި ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރި އިރު ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކާއި އެ ތަންތަނުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމާއި އަސާސީ ޚިދުމަތްތައް ގާއިމުކުރުން އިތުރު 200 މިލިއަން ރުފިޔާ ހިމެނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ރޭ ބަޖެޓު ކޮމިޓީގެ މަސައްކަތް ކުރިއަށްދިޔައިރު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ބަޖެޓުގައި ހުރި ބައެއް ކަންކަން ސާފުކުރުމަށް ކޮމިޓީގެ މުގައްރިރު މެމްބަރު މުހައްމަދު ނާޝިޒާ ސުވާލުކުރައްވައިފައެވެ.

އެގޮތުން އޭނާވަނީ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުވީއިރު، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއިން 10 މިލިއަން ރުފިޔާ އުނިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ފައިސާ އެހެން ބައެއް ކަންކަމަށް ބަހައިފައިވަނީތޯ ސުވާލުކުރައްވައިފައެވެ.

އަންނަ އަހަރުގެ ބަޖެޓަށް މަޖިލީހުގެ ބަޖެޓު ކޮމިޓީން ގެނައި ބަދަލުތަކާއެކު 306 މިލިއަން ރުފިޔާ އިތުރުވެ، ޖުމުލަ ބަޖެޓު 49.5 ބިލިއަން ރުފިޔާއިން 49.8 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy