ސެޕްޓެމްބަރ 20, 2024 08:41

މަސްވެެރިންނަށް ނުދީ ހުރި ފައިސާ: މިރޭ 106 މިލިއަން ރުފިޔާ ދޭން ނިންމައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 7, 2023

މަސްކިރާފައި ފައިސާ ލިބުން ލަސްވާ މައްސަލަ ހައްލު ކުރުމަށް މިރޭ މަސްވެރިންނަށް 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު މިކަން ހާމަކުރައްވާފައި ވަނީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވަގުތު މަސްވެރިން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވުން ކަމުގައެވެ.

މިގޮތަށް ލަސްވުމުގެ ސަބަބުން މަސްވެެރި އާއިލާތަކުގެ ޒަރޫރީ އެތައް ކަމަކުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވި އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާކަމަށެވެ. އެގޮތުން މަސްވެރިންނަށް މިރޭ 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމުވެސް މިހާރު ރައީސް ހަމަޖައްސަވާފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް މިކަމަށް ހޯދުން ކަމަށެވެ.

މަސްވެރިންނަށް ފައިސާ ނުދޭތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ނުދީހުރި ފައިސާގެ ތެރޭން 30 މިލިއަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާގައި ވަނީ ދީފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy