ސެޕްޓެމްބަރ 20, 2024 09:15

ހުޅުމާލެ ހިޔާ ފްލެޓު 6 ގެ އެޕާޓްމެންޓެއްގައި ރޭ ހިނގި މާރާމާރީ އަކީ އާއިލީ ހަމަނުޖެހުމެއް

ރޭ ހިޔާ ފްލެޓުގައި ހިނގި މާރާމާރީ އަކީ އާއިލީ ހަމަނުޖެހުމެއް: ފުލުހުން

އައިޝަތު އިބްރާހީމް
ޑިސެމްބަރ 7, 2023

ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް-6 ގެ އެޕާޓްމަންޓެއްގައި ހިނގި މާރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށާއި, އެ މައްސަލާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ, މި ހާދިސާގައި އަނިޔާވި 22 އަހަރުގެ މީހާއަށް ހަމަލާ ދީފައި ވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، މި ފަހުން ވަނީ މާރާމާރީތައް ހިނގާ އަދަދު ބޮޑުތަނުން އިތުރުވެފައެވެ. ހާއްސަކޮށް މާލެ އާއި އައްޑޫގައި މާރާމާރީތައް ވަކިން އިތުރެވެ. އެގޮތުން، މާރާމާރީތަކަކާއި ގުޅިގެން، މާލެ ސަރަޙައްދުގައި ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަންތައް ވެސް ފަށައިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy